ads
އަފީފް އަދި އީވާ: ރައީސް ނަޝީދުގެ އިތުބާރުނެތް މައްސަލަ ކުރިއަށްދާއިރު ޑިމޮކްރެޓުންނަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތް ހަދަން ވަނީ އެދިފައި - ފޮޓޯ:އަވަސް
ނަޝީދުގެ ގަރާރު: ޑިމޮކްރެޓުންނަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތް ހަދަން އެދެފި
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދާއިރު، ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ހަދައިދިނުމަށް އެދިއްޖެ އެވެ.

މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިސްބަތްވެ ވަޑައިގަންނަވަނީ ދަ ޑިމޮކްރެޓްސް އަށެވެ.

މަސްލަހަތު ފުށުއަރާ ކަމަށް ވިދާޅުވެ، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން އެ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގަތީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް އަބްދުﷲ އެވެ.

އިކްރާމްގެ އެ ހުށަހެޅުއްވުމާ އެކު މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ ވިދާޅުވެފައި ވަނީ އެ ހުށަހެޅުމަކީ އެ ކޮމިޓީއަށް ނިންމޭނެ ކަމެއް ނޫން ކަމަށެވެ. އީވާ އާއި އަފީފްވެސް މަޖިލިހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައިވާތީ އެގޮތަށް އެދި އާންމު ކޮމިޓީއަށް ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާ ނުބެލެހެއްޓޭ ގޮތަށް އެ ކޮމިޓީން ފާސްކުރެވިދާނެ،" - މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ

އިކްރާމްގެ އެ ހުށަހެޅުން އިމްތިޔާޒާއި ސުލޫކީ ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އެ ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވި ގޮތުގައި އެ އެގޮތަށް އާންމު ކޮމިޓީއަށް ފޮނުވާނެ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް