ads
ޔާމީން ހައިކޯޓުގައި
މާދަމާވެސް ޔާމީން ކޯޓަށް ހާޒިރުކުރަނީ
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު އަޑު އެހުމަށް މާދަމާ މެންދުރު ފަހަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ.

ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑު އެހުމެއް މިދިޔަ ބުރާސްފަތި ދުވަހުވެސް ހައިކޯޓުގައި އޮތެވެ. ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ދިގު އަޑު އެހުމެއް ބުރާސްފަތި ދުވަހު ހައިކޯޓުގައި އޮތް އިރު، ބުރާސްފަތި ދުވަހުގެ އަޑުހުމުގައި، ދަށު ކޯޓުގެ ޝަރީއަތް ދިޔަ ގޮތާ ގުޅޭ ގޮތުން މައްސަލައިގައި ހިމެނޭ މީހުންނާ ހައިކޯޓުން ގިނަ ސުވާލުތަކެއް ކުރިއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އެ ދުވަހު އަމާޒުކޮށްފައިވަނީ ދަށު ކޯޓުގައި ކުރިއަށް ގެންދިޔަ އިޖުރާތުތަކާ ގުޅޭ ގޮތުންނާއި އެއްވެސް ހައްގެއް ގެއްލިފައިވޭތޯ ބެލުމުގެ ގޮތުންނެވެ.

އެ ދުވަހު ފަނޑިޔާރުންގެ ފުރަތަމަ ސުވާލުތައް ކުރެއްވީ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ދައުލަތުން އެއްބަސްވެފައިވާ ނުކުތާތަކާ ގުޅޭ ގޮތުންނެވެ. އޭގެ ތެރޭގައި ޔާމީނަށް ބައެއް ހައްގުތައް ކަށަވަރުކޮށްދިނުމާއި ކްރިމިނަލް ކޯޓުގައި ފަނޑިޔާރު ހައްދަވާފައިވާ ގޯހެއް ވެސް ހިމެނެ އެވެ. 

ފަނޑިޔާރު ހައްދަވާފައިވާ ގޯހަކީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ބަޔާނެއް ފާހަގަ ކުރުމެވެ. ނަމަވެސް އެ ގޯހުގެ ސަބަބުން ދަށު ކޯޓުގެ ހުކުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހު މެންދުރު 2:00 ޖަހާއިރު ފެށި އަޑުއެހުން ނިންމާލީ މަގްރިބި ނަމާދަށެވެ. އަޑުއެހުން ނިންމާލައްވަމުން، ރިޔާސަތުން އިއުލާން ކުރެއްވީ ސުވާލުތައް އަދިވެސް ނުނިމޭތީ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. މާދަމާގެ އަޑު އެހުންވެސް އޮންނާނީ މެންދުރު ފަހު ދޭކުން ފެށިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް