ޗެލްސީގެ ދަނޑުގައި ރޭ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ހަތަރު ލަނޑު ހަތަރު ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުނީ ދޭއް ދޭކުން އެއްވަރު ވެގެންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސިޓީން ކުރި ހޯދީ ލިބުނު ޕެނަލްޓީއަކުން ހާލަންޑު ޖެހި ލަނޑުންނެވެ. އެކަމަކު ތިން މިނިޓް ފަހުން ބްރެޒިލްގެ ޑިފެންޑަރ ތިއާގޯ ސިލްވާ ލަނޑު ޖަހާ ޗެލްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި ގިނައިރެއް ނުވެ ސިޓީގެ ކުރީގެ ފޯވާޑް ސްޓާލިންގ ލަނޑު ޖަހާ ޗެލްސީ އަށް ކުރިހޯދައިދިނެވެ.
އެހެންނަމަވެސް ހާފު ނިމުމުގެ ކުރިން ސިޓީން އަނެއްކާވެސް ލަނޑެއް ޖަހައި މެޗު އެއްވަރު ކުރިއެވެ. ބާނާޑޯ ސިލްވާ ނެގި ހުރަސް ގޯލަށް ފޮނުވާލައިގެން އަކަންޖީ ޖެހި ލަނޑާއެކު ހާފް ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ސިޓީން އަނެއްކާވެސް ކުރި ހޯދިއެވެ. އެއީ އަނެއްކާވެސް ހާލަންޑް ޖެހި ލަނޑަކުންނެވެ. އެކަމަކު ހާފްގެ ކުރީކޮޅު ނިކޮލަސް ޖެކްސަން ލަނޑު ޖަހާ ޗެލްސީން އަނެއްކާވެސް އެއްވަރުކުރިއެވެ. އެހެން އޮވެ މެޗުގެ ފުރިހަމަ ވަގުތުހަމަވާ ހަތަރު މިނިޓަށްވެފައި ވަނިކޮށް، އރޮޑްރީ ލަނޑު ޖެހުމުން މެޗުން ސިޓީ މޮޅުވީކަމަށް ބެލެވުނެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ އަކުން އަނެއްކާވެސް ޗެލްސީ ލަނޑު ޖަހައި މެޗު އެއްވަރު ކުރީއެވެ.