
މިއަދު އެމްޑަބްލިއުއެސްސީގެ ހެޑް އޮފީހުގެ ބޭރުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ ފަރާތުން ފައިސާގެ އެހީ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
އެމްޑަބްލިއުއެސްސީން ބުނެފައި ވަނީ މި އެހީއަކީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން އެއްބައިވަންތަކަމާ އެކީ ތިބިކަން އަންގައިދިނުމުގެ ރަމްޒެއް ކަމަށާއި މި އުދަނގޫ ދަނޑިވަޅުގައިވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަކީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށެވެ.
ގާޒާއަށް އެހީވާން އެމްއާރުސީން ހުޅުވާފައިވާ ފަންޑަށް އެމްޑަބްލިއުއެސްސީން ފަސްލައްކަ ރުފިޔާ ހަދިޔާކުރުން - ފޮޓޯ:އެމްޑަބްލިއުއެސްސީ
އެމްއާރުސީން ގާޒާއަށް އެހީތެރިވާން ފަންޑު ހުޅުވާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާފައިވާ ފަންޑަށް މިހާތަނަށް 25 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.