ގްރީން ސްޓްރީޓްސް ދިވެހި ލީގުން ވަކިވީކަން އެ ކްލަބުން ރަސްމީކޮށް ހާމަކޮށްފައި ނެތްނަމަވެސް، ކްލަބްތަކަށް ފައިސާ ދިނުމުގައި ތަފާތު ކުރުން ގެންގުޅޭތީ ލީގުގެ ބާކީ އޮތްބައިގައި އެ ޓީމުން ނުކުޅޭނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
"ސިޓީ ފޮނުވި ކަމެއް ނޭނގެ. އެކަމަކު ހަމަ ގައިމުވެސް ގްރީން ލީގުގައި ނުކުޅޭނެ. ކަލްބްތަކަށް ސަރުކާރުން ފައިސާދިން އިރު ވަކި ކްލަބްތަކަށް ހަމައަށް ދީފައި އެހެން ކްލަބްތަކަށް ތަފާތުކޮށް ދިނީމަ ނުކުޅެން ނިންމީ،" ގްރީންގެ އޮފިޝަލަކު މީޑިއާއަކަށް ބުންޏެވެ.
މާލީ މައްސަލަތަކާ ހުރެ، ވެލެންސިޔާއިންވެސްވަނީ ދިވެހި ލީގުން ވަކިވެފައެވެ.