ads
ޖޯއޭޝިއާ ޒަކްޒެވްސްކީ
ކާރެއްގައި މެރަތަން ފުރިހަމަކުރިކަން ފަޅާއެރުމުން ސަސްޕެންޑްކޮށްފި
އަލްޓްރާ މެރެތަން ދުވުންތެރިޔާ ޖޯއޭޝިއާ ޒަކްޒެވްސްކީ ރޭހެއްގައި ކާރެއް ބޭނުން ކުރިކަން ފަޅާއެރުމުން، 12 މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ޒަކްޒެވްސްކީ ކާރެއްގައި ރޭހުގެ އެއްބައި ފުރިހަމަކޮށްފައިވަނީ މި އަހަރުގެ ކުރީކޮޅު އިގިރޭސިވިލާތުގައި އޮތް ރޭހެއްގައެވެ. ގްރޭޓް ބްރިޓަން އަލްޓްރާސް މެންޗެސްޓާ- ލިވަޕޫލް ރޭހުގެ ތިންވަނަ ޒަކްޒެވްސްކީ ހޯދިއިރު، އެ ރޭހުގެ ގާތްގަނޑަކަށް 2.5 މޭލު އޭނާ ފުރިހަމަކޮށްފައިވަނީ ކާރެއްގައިކަންވަނީ ފަޅާއަރާފައެވެ. އެ ރޭހަކީ 50 މޭލުގެ ރޭހެކެވެ.

މިކަން ފަޅާއެރުމުން، ޒަކްރެވްސްކީ އޮފިޝަލުންނަށް ބުނީ އޭނާ ކާރެއް ބޭނުންކޮށްގެން ރޭސް ނިންމާލީ "ވާދަވެރި ނޫން ގޮތަކަށް" ރޭސް ނިންމަން ކަމަށެވެ. އެހެންނަމަވެސް އޮފިޝަލުން ބުނީ، ވާދަވެރި ނޫން ގޮތަކަށް ރޭސް ނިންމި ނަމަ، ތަށްޓާއި މެޑަލްއާ ހަވާލު ނުވާނެ ކަމަށާއި، އަދި ހަވާލުވިނަމަވެސް ފަހުން އެ އަނބުރާ ރައްދު ކުރާނެ ކަމަށެވެ.

"ރޭސް ނިމުމުން ކްލެއިމް ކުރާ ފަރާތުން ތަށްޓާ ހަވާލުވެފައި އޮތީ، ވާދަވެރި ނޫން ގޮތަކަށް ރޭސް ފުރިހަމަ ކުރަމުން ދިޔަ ނަމަ ކުރަން ނުޖެހޭ ކަމެއް، ރޭހަށް ފަހު އައި ހަފްތާގައި ވެސް ތަށި އަނބުރާ ދިނުމަށް ވެސް އޭނާ މަސައްކަތް ނުކުރި." މިނިވަން ޑިސިޕްލިނަރީ ޕެނަލަކުން ބުންޏެވެ.

މި މައްސަލަ ބެލުމަށް ފަހު ޒަކްޒެވްސްކީވަނީ 12 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް