ads
ރައީސް ސޯލިހު އަދި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބް: އެމްއޭސީއެލްގެ އެމްޑީކަމުން އިސްތިއުފާ ދެއްވުމަށް މަހުޖޫބް ވަނީ ހުށަހަޅުއްވާފައި - ފޮޓޯ:ރައީސް އޮފީސް
މަހުޖޫބް އިސްތިއުފާ ދެއްވަނީ، އެމްއޭސީއެލްގެ ހިންގުން ތޯހާއަށް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

މަހްޖޫބު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށެން ދުވަހަކަށްވުރެ ކުޑަތަންވެފައި ވަނިކޮށެވެ.

މާދަމައިން ފެށިގެން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް މަހްޖޫބު ހުށަހަޅުއްވާފައިވާ ކަމަށް އެމްއޭސީއެލުން ޔަގީންކޮށްދީފައިވާއިރު، އޭނާ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މަހްޖޫބު އައްޔަނުކުރައްވަންދެން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އުފުއްލަވާފައި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް މީގެކުރިން އަދާކުރައްވާފައިވާ މަހުޖޫބު އިސްތިއުފާ ދެއްވާތީ އެމްއޭސީއެލްގެ ހިންގުން ތޯހާ އާ ވަނީ ހަވާލުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް