ads
ރައީސް މައުމޫން: ވިދާޅުވީ ތަހުޒީބު މުޖުތަމައުތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ޝުކުރުއަދާކޮށް، އަލަށް އަންނަ ވެރިކަމަށް މަރުހަބާ ކިޔުން ކަމަށް - ފޮޓޯ:ރައީސް އޮފީސް
ތަހުޒީބު ގޮތަކީ ނިމޭ ވެރިކަމަށް ޝުކުރުކޮށް އާ ވެރިކަމަށް މަރުހަބާ ކިޔުން
ތަހުޒީބު މުޖުތަމައުތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ހިތްހެޔޮކަމާ އެކު ޝުކުރު އަދާކޮށް، އަލަށް އަންނަ ވެރިކަމަށް ހިތުގެ އަޑިން މަރުހަބާ ކިޔުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއް ވެރިކަމެއް ނިމި އަނެއް ވެރިކަމެއް ފެށޭ ވަގުތަކީ، ކޮންމެ ގައުމެއްގައިވެސް އިންތިހާއަށް މުހިންމު ދަނޑިވަޅެއް ކަމަށެވެ.

"ތަހުޒީބު މުޖުތަމައުތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ހިތްހެޔޮކަމާއެކު ޝުކުރުއަދާކޮށް، އަލަށް އަންނަ ވެރިކަމަށް ހިތުގެ އަޑިން މަރުހަބާ ކިޔުން،" - ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މީގެ ކުރިން ރައީސް މައުމޫން ވަނީ ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ބޭރުގެ ނޫހަކަށް މުއިއްޒު ދެއްވި ފުރަތަމަ އިންޓަވިއުއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައިވެ އެވެ.

ރައީސް މައުމޫން ވަނީ ދައުރެއް ފުރިހަމަކުރެއްވުމަށްފަހު މިއަދު ރައީސް ކަމުން ވަކިވެވަޑައިގަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަގާމުގެ ގާނޫނީ ހުވާ ކުރައްވާނީ މިކަމަށްޓަކައި މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގަ އެވެ. މި ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޑރ. މުއިއްޒުގެ އެކުލަވާލައްވާ ވަޒީރުންގެ މަޖިލިހުގެ މެންބަރުން މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާއި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު މިރޭ 7:45 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރައީސް އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް