އެއް ޖިންސުން ގުޅުން ހިންގިކަން ސާބިތުވެ ނާޒިމް އަބްދުއްސައްތާރު 3 މަހާ 26 ދުވަހުގެ ގޭ ބަންދު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައެވެ.
އެ މައްސަލައިގައި އިއްވި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތެރޭގައެވެ.
އަދި އެ މައްސަލަ ދައުލަތުން އަނބުރާ ގެންދަން ބޭނުންވެގެން ހުށަހެޅުމުން ހައިކޯޓުން މިއަދުވަނީ އެ މައްސަލައިގެ އިސްތިއުނާފު ފޯމް ބާތިލުކޮށްފައެވެ.
ދައުލަތުން އެދިގެން ނާޒިމް ސައްތާރުގެ މައްސަލަ ހައިކޯޓުން ބާތިލުކޮށްފައިވާއިރު، ހަމަ އެ މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ އަންނަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.