![](https://cnm.mv/media/images/elel.jpg)
ހާރިޖީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ މުހައްމަދު ހުސެއިން ޝަރީފް، ޔާމީންގެ ވެރިކަމުގެ ފަހު އަހަރުތަކުގައި ހުންނެވީ ސަފީރެއްގެ ގޮތުން ސްރީ ލަންކާގަ އެވެ. މިހާރުގެ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭ ސިޓީ ކައުންސިލްގެ އިސް މަގާމެއްގައި ވެސް އޭނާ ހުންނެވި އެވެ.
ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް މުންދު އައްޔަންކުރެއްވިއިރު އެ މަގާމުގެ އިތުރުން ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވަނީ ރައީސް ހަވާލުކުރައްވައިފަ އެވެ.
އޭގެ ތެރޭގައި، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް އިގްބާލް އާދަމް، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން ވަހީދު، އެމްއެންޔޫގެ ވައިސް ޗާންސެލާގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އައިޝަތު ޝެހެނާޒް އާދަމް ހިމެނެ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާގެ މަގާމަށް ޑރ. އަލީ ޒާހިރު ވެސް މިއަދު އައްޔަން ކުރެއްވި އެވެ. އަދި ނައިބު ރައީސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މުހައްމަދު ވަހީދު ހަސަން، ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގެވުމަށް ޑރ. މުހައްމަދު ކިނާނަތު ވެސް މިއަދު އައްޔަން ކުރެއްވި އެވެ.