ads
ހަކަތަރި ލޭބަލް އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކުގައި ޖަހަން ވަނީ ފަށާފައި - ފޮޓޯ:އެސްޓީއޯ
އޭސީއަށް ފަހު ހިޓާޗީ ފްރިޖްވެސް ހަކަތަރި ލޭބަލްއަށް
ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް "ހަކަތަރި" ލޭބަލް އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކުގައިވެސް ޖަހަން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަންމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އެސްޓީއޯއިން މިހާރު ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފަ އެވެ.

މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނޭ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައި ކަމަށެވެ. 

ލޭބަލްގައި ޖަހާފައިވާ ނަންބަރު އެކަކަކީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތައް ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެސްޓީއޯއިން ބުނި ގޮތުގައި ލޭބަލްގެ ނަންބަރު މަތިވާ ވަރަކަށް އަންގައި ދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަން ކަމުގަ އެވެ.

އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. މިދިޔަ އަހަރުގެ މެއި މަހު އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހަ މޮޑެލްއެއްގެ އޭސީގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފަ އެވެ.

your imageހަކަތަރި ލޭބަލް އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކުގައި ޖަހަން ވަނީ ފަށާފައި - ފޮޓޯ:އެސްޓީއޯ

އެސްޓީއޯއިން ލޭބަލް ޖެހި އޭސީގެ ތެރޭގައި އާންމު އޭސީތަކަށްވުރެ 42 އިންސައްތަ ކަރަންޓު މަދުން ކަރަންޓު ބޭނުންކުރާ އެއާ ކޮންޑިޝަންތައް ހިމެނެ އެވެ.

ހަކަތަ ސަމަކާރަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި ކަރަންޓު ހަރަދު ކުޑަ ވަސީލަތްތައް ބޭނުން ކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް