ގްރީނުން ލީގުގައި ވާދަ އިތުރަށް ނުކުޅެން ނިންމީ، ސަރުކާރުން ކްލަބްތަކަށް ފައިސާ ދިނުމުގައި ތަފާތު ކުރުން ގެންގުޅެފައި ވުމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލީ ދަތިތައް އިންތިހާއަށް ކްލަބަށް ކުރިމަތިވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ގްރީން ލީގުން ވަކިވިކަން އެންގިއިރު، މިއަދު ހަވީރު އެ ޓީމުން ކުޅެން ޖެހޭ މެޗެއްވެސް ތާވަލުކުރެވިފައި އެބައޮތެވެ. ގާތްގަނޑަކަށް 80 ދުވަހަށް ފަހު ފެށި ޕްރިމިއާ ލީގުގައި ނުކުޅެން ގްރީން އިން ކުރިން ވެސް ތިބީ ނިންމައިގެންނެވެ. އެކަމަކު ރަސްމީކޮށް އެކަން އެންގީ މެޗަށް ކުޑަތަންވެފައިވަނިކޮށެވެ.
ވެލެންސިއާ ވެސް ވަނީ ލީގުން ވަކިވެފައެވެ.