ads
ނޮޅިވަރަން ފަރަށް ބަދަލުވެ ބޯހިޔާވަހިކަން ނުލިބުނު މީހުންކުރި މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ނޮޅިވަރަންފަރަށް ބަދަލުވި އާއިލާތަކަށް ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ
ހދ. ނޮޅިވަރަން ފަރަށް ބަދަލުވެ ބޯހިޔާވަހިކަން ނުލިބި ތިބި އާއިލާތަކަށް ބަދަލުގެ ގޮތުގައި 18.4 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ހދ. ނޮޅިވަރަން ފަރަށް ބަދަލުވެ ބޯހިޔާވަހިކަން ނުލިބި ތިބި އާއިލާތަކަށް ބަދަލުގެ ގޮތުގައި 18.4 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެރަށަށް ބަދަލުވި ޖުމްލަ 52 އާއިލާއަކަށް ވަނީ ބޯހިޔާވަހިކަން ނުލިބިފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ދާނީ ތިން މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. މިގޮތުން މިއަހަރު 6.7 މިލިއަން ރުފިޔާ ފޯރުކޮށްދޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ނޮޅިވަރަންފަރަށް މީހުން ބަދަލުކުރަން ފެށީ 2011 ވަނަ އަހަރުއެވެ. އެރަށަށް ބަދަލުކޮށްފައިވަނީ ހދ. ފަރިދޫއާއި ކުނބުރުދޫ އަދި މާވައިދޫ މީހުންނެވެ.

"އޮޕަރޭޝަން އެއްފަސް ހާދާލު 2011" ގެ ނަމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން ފެށި އެ މަސައްކަތުގައި އެންމެ ފުރަތަމަ ބަދަލުކުރީ މާވައިދޫ ރައްޔިތުންނެވެ.
އެ ރަށްތަކުން މީހުން ބަދަލުކުރުމަށްޓަކައި، އެމްއެންޑީއެފްގެ ޓީމެއް އެ ރަށްރަށަށް ގޮސް ސާވޭތަކާއި ޕްލޭންތައް ކޮށްފައިވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އެ ތިންރަށަކީ މީހުން ނޫޅޭ ރަށްތަކެއްގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުން ވަނީ އެ ތިން ރަށުގެ މީހުން ނޮޅިވަރަންފަރުގެ ރައްޔިތުންގެ ގޮތުގައި ބަދަލުކުރީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވެސް، ނޮޅިވަރަންފަރު ކައުންސިލްގެ މެންބަރުންނާއި މިއަހަރުގެ ޖެނުއަރީ މަހު ބައްދަލު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށްލެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވައިފައެވެ. އަދި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލު މެންބަރުން ވަނީ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި އެ މަސައްކަތް ކުރެވިދާނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވައިފައެވެ. މީގެއިތުރުން ރަށުގެ ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކޭނެމަގު ތަނަވަސްކޮށްދެއްވުމަށް ކައުންސިލް މެންބަރުން އެދި ވަޑައިގެންނެވިއެވެ.

ކައުންސިލް މެންބަރުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގައި ލެބޯޓަރީ ނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ. މީގެއިތުރުން ނޮޅިވަރަންފަރު ކައުންސިލު މެންބަރުން ވަނީ އެރަށަށް ބަދަލުކުރެވިފައިވާ އެހެން ރަށްރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާއި އެމީހުންނަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ސަރުކާރުން އެހީތެރިވެ ދިނުމަށް އެދިވަޑައިގެންފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަންފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް