ads
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ތެރެއިން
ބާކީ ގަޑިރެއް، ދެބައިކުޅަ އެއްބައި މީހުންވެސް އަދި ވޯޓްނުލާ
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓްލުން ނިމެން ގަޑިއިރަކަށްވީއިރި ވޯޓްލެވޭ މީހުންގެ ދެބައި ކުޅަ އެއްބައި މީހުން ވޯޓްލާފައި ނުވާކަމަށް އިލްކެޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމުލަ 4،121 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި އެ އިންްތިހާބަށް 4،154 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އީސީން ވަނީ ބުނެފައެވެ. 

އީސީން ބުނީ މި އިންތިހާބުގައި މިއަދު ތިނެއް ޖެހުމާއި ހަމައަށް 2055 މީހުން ވޯޓްލާފައިވާކަމަށެވެ. އެގޮތުން ވޯޓްލީ މީހުންގެ ތެރޭގައި ހިމެނެނީ 1079 އަންހެނަކާއި 976 ފިރިހެނުންކަމަށް އީސީން ބުނެއެވެ. އެއީ ވޯޓްލެވޭ މީހުންގެ 49.87 އިންސައްތަ މީހުންނެވެ. 

މި އިންތިހާބުގައި ވޯތްލެވޭ މީހުންގެ ތެރެއިން އަދިވެސް ވޯޓްނުލާ 2066 މީހުން އެބަ ތިއްބެވެ. އެއީ 50.13 އިންސައްތައެވެ. 

މި އިންތިހާބުގައި ޖުމްލަ 7 ފޮށި ބަހައްޓާފައިވާއިރު އައްޑޫގައި އުޅޭ އެ ދާއިރާގެ މީހުންނަށް ފަސް ވޯޓުފޮށި ހިތަދޫ ސްކޫލްގައި ބަހައްޓާފައިވެއެވެ. އަދި މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ މީހުން ވޯޓުލާނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިވާ ދެ ވޯޓުފޮއްޓަށެވެ.

މި ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާއަށް 2024ވަނަ އަހަރު އިންތިހާބު ކުރި މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;