ads
މިނިސްޓަރު މަލީހް--
މަލީހުގެ ރައްދު: ފިނޑިން ކުރިމަތީ ބޯތިރި ނުކުރާނަން
ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާއުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށާއި، ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނެ ކަމަށް ޕީޕީއެމުން މިއަދު ސަސްޕެންޑް ކުރި، ކުރީގެ ވަޒީރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާއުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށާއި، ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނެ ކަމަށް މަލީހް ވިދާޅުވީ، އޭނާ ސަސްޕެންޑްކުރިތާ ގިނަ އިރުތަކެއް ނުވަނީސް ސޯޝަލް މީޑިއާގައެވެ. 

ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ. ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނަން. މިއީ އަދި ވަކަރަށް ޖަހާލުމެއް. މަލީހް

މަލީހް ސަސްޕެންޑް ކުރީ، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެއެވެ.  ޕީޕީއެމުން މަލީހަށް އެކަން އަނގައި ފޮނުވި ސިޓީގައި ވަނީ، ސަސްޕެންޑު ކުރީ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާ ނުލައި އަމިއްލަފުޅަށް ކޮމިޓީއެއް ނަންގަވައިގެން ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާއި ގުޅިގެން ކަމަށެވެ.

ޕީޕީއެމްގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައި ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަލީހު އިސްވެ ހުންނަވައިގެން ކުރައްވާކަން ޕާޓީގެ ލީޑާޝިޕުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް ޕީޕީއެމްގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު ސޮއި ކުރައްވައި ފޮނުވި މި ސިޓީގައި ވެއެވެ. ޕާޓީގެ ލީޑާޝިޕަށް ނުވަތަ ޕާޓީގެ ސެނެޓާ އެއްވެސް މަޝްވަރާނުކުރައްވައި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރެއްވުމުގެ މަސައްކަތްތަކެއް މަލީހު ކުރެއްވިކަމަށް އެ ސޓީގައި ފާހަގަ ކޮށްފައި ވެއެވެ.

އެ މައްސަލަ އާއި ގުޅިގެން ޕާޓީގެ ލީޑާޝިޕަށް ޕާޓީގެ އަސާސީ ގަވާއިދުގެ 8 ވަނަ މާއްދާއިން ލިބިފައިވާ ބާރުތަކުގެ ދަށުން މަލީހު ޕާޓީގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑުކޮށް، އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައިވެސް ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް