ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖްގެ މަގާމަށް އަލީ ޝަރީފް އައްޔަނުކުރައްވައިފި
މުހައްމަދު އަތީފް
22 ނޮވެންބަރ 2023 - 16:56:32
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖްގެ މަގާމަށް އަލީ ޝަރީފް އައްޔަނުކުރައްވައިފި އެވެ.
ސްޕެޝަލް އެންވޯއީ ފޮ ކްލައިމެޓް ޗޭންޖްގެ މަގާމަށް މއ. ނައިލޯނުގެ، އަލީ ޝަރީފް އައްޔަނުކުރެއްވުމުގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް 11 ބޭފުޅަކު ވަނީ އައްޔަނުކުރައްވާފަ އެވެ.
އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަނުކުރެއްވި ބޭފުޅުންނާއި އެބޭފުޅުން އައްޔަނުކުރެއްވި މަގާމުތަކަކީ:
- މިނިސްޓަ އޮފް ސްޓޭޓް ފޮ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ހ. ނީވްވިލާ، އަލްއުސްތާޒާ ލުބްނާ މުހައްމަދު ޒާހިރު
- މިނިސްޓަ އޮފް ސްޓޭޓް ފޮ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - ޏ. ފުވައްމުލައް ދަނޑިމަގު. ނެރުޅު، މުހައްމަދު ތޯރިގު އަހުމަދު
- މިނިސްޓަ އޮފް ސްޓޭޓް ފޮ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - ގދ. މަޑަވެލި، ކިނާރާ، ޑރ. އަމްޒަތު އަހުމަދު
- މިނިސްޓަ އޮފް ސްޓޭޓް ފޮ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ހ. ނޫމުތީ، އަބްދުއްރައްޒާގު އިބްރާހިމް
- މިނިސްޓަ އޮފް ސްޓޭޓް ފޮ ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް - ސ. މަރަދޫފޭދޫ ބްލޫހެވަން، މުހައްމަދު ޝަހުރުއްޒިޔާދު
- މިނިސްޓަ އޮފް ސްޓޭޓް ފޮ ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
- މިނިސްޓަ އޮފް ސްޓޭޓް ފޮ ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ތ. ހިރިލަންދޫ، ލިލީގެ، ޑރ. އަބްދުއްރަހީމް ހަސަން
- މިނިސްޓަ އޮފް ސްޓޭޓް ފޮ ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ގ. ގްރީންބީންސް، ފާތިމަތު މުހައްމަދު
- މިނިސްޓަ އޮފް ސްޓޭޓް ފޮ ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ހއ. އިހަވަންދޫ، ވައިޖެހޭގެ، އަހުމަދު ޝަފީއު
- މިނިސްޓަ އޮފް ސްޓޭޓް ފޮ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ހ. ކިސްތީ، އަހުމަދު މުނާޒު
- މިނިސްޓަ އޮފް ސްޓޭޓް ފޮ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް - ހ. ނޫމުތީ، މުހައްމަދު އިބްރާހިމް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް