ދައުރު ހަމަވުމުން ވަކިވީ ޕެންޝަން އޮފީހުގެ ބޯޑުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ތަމްސީލު ކުރެއްވި މެމްބަރު ފާތިމަތު އަބްދުالله ކަމާލުއްދީންއެވެ. އޭނާގެ ދައުރު ހަމަވީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން މީގެ ކުރިން ފަސް ބޭފުޅަކުވަނީ އިސްތިއުފާދެއްވާފައެވެ.
އެ މެމްބަރުން އިސްތިއުފާ ދިނީ ޕެންޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބޭނުންކޮށްގެން ސަރުކާރުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.
މީގެ ކުރިން ޕެންޝަން އޮފީހުގެ ސީއީއޯވެސް ވަނީ މިދިޔަ މަހުގެ ހަވަނަ އިސްތިއުފާ ދެއްވާފައެވެ. އަދި މިދިޔަ މަހުގެ އެއްވަނަ ދުވަހު އެ އިދާރާގެ ޗެއާޕާސަން އަހުމަދު އިނާޒު ވެސް ވަނީ އިސްތިއުފާދެއްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;