ads
ފޮރިން މިނިސްޓަރު ޒަމީރު، އިންޑިއާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި މިއަދު ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓަރު ޒަމީރު، އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި
ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އިންޑިއާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
Advertisement

އިންޑިއާގެ ސަފީރު މިނިސްޓަރު ޒަމީރާއި ބައްދަލުކޮށްފައިވާއިރު ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ، ކުރީގެ ސަރުކާރުން އިންޑިއާއާ އެކު ގުޅުން ބޭއްވި ގޮތުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ބުނަމުންނެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަކީ އާ ސަރުކާރުގެ އެންމެ ބޮޑު ވައުދު ވެސް މެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ އެންމެ ފުރަތަމަ ކަމަކަށް ވެސް ހިމަނުއްވާފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ އަދި ބޭރުގެ ސިފައިން އަނބުރާ ފޮނުވައިލުމެވެ. ދޭދޭ ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާ ފަދަ ކަންކަން އާންމު ކުރާނެ ކަމަށް ވެސް އެ މަގުޗާޓުގައި ވެ އެވެ.

ފޮރިން މިނިސްޓަރު ޒަމީރާއި ބައްދަލުކުރެއްވުމަށްފަހު އެ ބައްދަލުވުމުގެ ބައެއް ފޮޓޯ ވެސް ހިއްސާކުރައްވަމުން އިންޑިއާގެ ސަފީރު މުނޫ "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. 

މި ބައްދަލުވުމުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ހެޔޮ އެދުންތައް މިނިސްޓަރު ޒަމީރަށް ރައްދުކޮށްދެއްވި ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.

މި ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބަ ތިއްބެވެ. އެއީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބެލެހެއްޓުމަށް ތިބި 24 ސިފައިންނާއި، ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް ތިބި 25 ސިފައިންނާއި، އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު ދުއްވުމަށް ތިބި 26 ސިފައިންގެ އިތުރުން އެ އުޅަނދުތަކުގެ މެއިންޓެނަންސާއި އިންޖީނިއަރިން މަސައްކަތްތައް ކުރަން ތިބި ދެ ސިފައިންނެވެ.

ރައީސް އަބަދުވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނީ ޑިޕްލޮމަަސީގެ ރީތި އުސޫލުގެ ތެރެއިން ސުލްހަވެރިކަމާ އެކުގައި ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް