ސިވިލް ރައިޓްސް އޮފީހުގެ މެންޑޭޓުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ގާނޫނާއި، ގާނޫނޫގެ ދަށުން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހުރިހާ މަދަނީ ހައްގުތަކެއް ލިބެމުން އަންނަކަން ކަށަވަރުކުރުންކަމަށް މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެއެވެ.
ސިވިލް ރައިޓްސް އޮފީހުގެ މަސްއޫލިއްޔަތަކީ މަދަނީ ހައްގުތައް ލިބޭކަން ކަށަވަރު ކުރުމާއި ހައްގުތައް ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމުގެ މައްސަލަތައް ބެލުމާއި މަދަނީ ހައްގުތައް ހިފަހައްޓާ ކަމަށް ބުނާ މައްސަލަތައް ބެލުމެވެ.
ޝަކުވާ ހުށަހަޅަންޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް މެދުވެރިކޮށް ބަންޑާރަ ނައިބުގެ އޮފީހަށެވެ.
ޝަކުވާތައް ބެލުމަށް ކަނޑައެޅި ގައިޑްލައިނުގައިވާ ގޮތުން ޖުމްލަ 30 ދުވަހުގެ ތެރޭގައި ކޮންމެ ޝަކުވާއެއް ވެސް ބަލައި ނިންމާ ޖަވާބެއް ދޭންޖެހެ އެވެ.