ads
ރައީސް ޔާމީން އަދި ޑރ. ޖަމީލް: ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކޮށްލެއްވިކަން ހާމަކުރައްވާފައި - ފޮޓޯ:ރައީސް އޮފީސް
ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވަނީ
ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކޮށްލައްވަން ނިންމަވައިފި އެވެ.

'ޗެނަލް 13' މެދުވެރިކޮށް ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވަނީ އެމަނިކުފާނު ޕީޕީއެމް ދޫކޮށްލެއްވިކަން ހާމަކޮށްފަ އެވެ. އެހެންނަމަވެސް އެމަނިކުފާނު ވަނީ ސަޕޯޓަރުން މާޔޫސް ނުވުމަށް އެދިވަޑައިގެންފަ އެވެ.

މިރޭ 'ޗެނަލް 13' އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ. ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް ކަމަށް ވަޑައިގަތުމަށްފަހު ޑރ. މުހައްމަދު މުއިއްޒު ފޯނު ނުނަންގަވާ ކަމަށެވެ. އަދި ގައުމު ދަނީ ނުރައްކާތެރި ދިމާލަކަށްކަން ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ޕީޕީއެމް އަދި ޕީއެންސީއަށް ރައީސް ޔާމިން ދެން ބާރު ނުފޯރުއްވާނެ ކަމުގަ އެވެ. އަދި ޕީޕީއެމްގެ ލީޑަޝިޕުންވެސް އެމަނިކުފާނުގެ އިރުޝާދާއި މަޝްވަރާ ބޭނުން ނުވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕީޕީއެމް މިހާރު އޮތީ ވަކި ބަޔަކު ހިސޯރުކޮށްފައި ކަމަށެވެ.

ސިޔާސީ ދާއިރާއިން ރައީސް ޔާމީން ފެންނާނެކަން ފާހަގަކުރައްވާ ޑރ. ޖަމީލް ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ސިޔާސީ ދުރުވިސްނުން ހުރި ބޭފުޅެއް ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާކުރެއްވި ފަހުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތެރޭގައި ދެބަސްވުންތައް އުފެދިފައިވާ އަޑުތައް ވަނީ ފެތުރިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް