މަލީހު ޕީޕީއެމް އިން ވަކިކުރި ދަނޑިވަޅުގައި ރައީސް ޔާމީން ވަނީ އެ ޕާޓީ ދޫކޮށް އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައެވެ.
މަސްރަހް ހޫނުވެފައިވާ ދަނޑިވަޅެއްގައި މަލީހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރަށް އިޝާރަތްކުރައްވައި ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ނުކުރެއްވިކަމަށް ވިދާޅުވެފައެވެ.
ޑރ. މުއިއްޒުގެ ވެރިކަމުގެ "ލެގިޓިމަސީ" ގެެއްލިއްޖެ ކަމަށާއި އެހެންކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް މަލީހު ވަނީ ގޮވާލައްވާފަ އެވެ.
މަލީހު ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައްވާފައިވާއިރު އެމަނިކުފާނު ވެރިކަމާ ހަވާލުވިތާ އަދި ހަފްތާއެއް ވެސް ނުވެއެވެ.