ޑިމާރިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ
ސްޕޯޓްސް ޓީމް
24 ނޮވެންބަރ 2023 - 11:53:58
ގައުމީ ޓީމަށް ކުޅުން ހުއްޓާލަން، އާޖެންޓީނާގެ ފޯވާޑު އެންހެލް ޑިމާރިއާ ނިންމައިފިއެވެ.
ޑިމާރިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވަނީ އަންނަ އަހަރުގެ ކޮޕާ އެމެރިކާ އަށް ފަހުއެވެ. އުމުރުން 35 އަހަރުގެ، ފޯވާޑުވަނީ އެކަން ބުރާސްފަތި ދުވަހު އިއުލާންކޮށްފައެވެ.
2008 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމުގައި ހިމެނޭ ޑިމާރިއާވަނީ ހަތަރު ވޯލްޑްކަޕުގައި ކުޅެފައެވެ. ގަތަރު ވޯލްޑްކަޕްގެ ފައިނަލްގައި ލަނޑުވެސް ޖަހާފައިވާ ޑިމާރިއާވަނީ އާޖެންޓީނާއަށް 136 މެޗު ކުޅެފައެވެ.
ޑިމާރިއާ މި އަހަރު އަލުން ޕޯޗުގަލްގެ ޗެމްޕިއަން ބެންފިކާއާ ގުޅުނީ، އޭނާ ފުރަތަމަ ޔޫރަޕަށް އައިއިރު 2007 އާއި 2010 އާ ދެމެދު ކުޅުނު ކްލަބަށެވެ. އޭނާވަނީ ރެއާލް މެޑްރިޑާއި ޕެރިސް ސެއިންޓް ޖާމައިން އާއި ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް