ads
ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު - ފޮޓޯ: މަޖިލިސް
ވައްކަންކުރުން ހުއްޓާލާ ސަރުކާރަށް ފައިދާވާ ޕްރޮޖެކްޓްތައް ހިންގަން ޖެހޭ: ސިޔާމް
ވައްކަން ކުރުން ހުއްޓާލައި ސަރުކާރަށް ފައިދާ ވާ މަޝްރޫއުތައް ހިންގައިގެން ރާއްޖޭގެ މާލީ ހާލަތު ރަގަނޅު ކުރެވޭނެ ކަމަށް ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވާ ސިޔާމް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީއިން ހަރަދު ފޫ ބައްދަން ދަސް ކުރަން ޖެހޭ ކަމަށެވެ. 

ސަރުކާރަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތަށް ލިބޭ ފައިދާއިން ދެކޮޅު ނުޖެހުން ކަމަށާއި އެހެންކަމުން ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަކީ އޭގެ ސަބަބުން ދައުލަތަށް ފައިދާ ވާނެ ޕްރޮޖެކްޓްތަކަކަށް ވާން ޖެހޭ ކަމަށް ސިޔާމް ވިދާޅުވި އެވެ. 

ހިލޭ އެހީގެ ގޮތުގައި ބަޖެޓު ހަރަދު ފޫބެއްދުމަށް ފައިސާ ހޯދުމަށް ބަރޯސާވާތީ އެކަން ފާހަގަ ކުރައްވާ ސިޔާމް ވިދާޅުވީ އަބަދު ހިލޭ އެހީ ދޭނެ ގައުމުތައް ނުތިބޭނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި މިއަދު ދުނިޔޭގެ އެކި ހިސާބުތަކުގެ ހާލަތު ބަދަލު ވަމުންދާ ކަމަށާއި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާއެކު ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރާ ގެއްލުންތަކާ މެދު ވިސްނުން ވަރަށް މުހިންމުކަމަށެވެ.

މީގެ އިތުރުން ސިޔާމް ވަނީ ރިޒޯޓްތަކާއި ގެސްޓް ހައުސްތަކުން ލިބޭ ފައިދާ ދަށަށް ދާން ފަށާފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ތަކުރާރުކޮށް، ދައުލަތަށް ލިބޭ އެއްޗަކުން މެނޭޖް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މިކަން މިފަދައިން ކުރުމަށް ހުރަސްއެޅެނީ ސަރުކާރުން ވައްކަން ކުރާތީ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ހުއްޓުވިގެން ނޫނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ނުކުރެވޭނެ  ކަމަށާއި އަދި ސަރުކާރަކީ ކުންފުންޏެއްގެ ގޮތުގައި ދެކި ސަރުކާރުން ކުރާ ކޮންމެ ހަރަދަކީ ފައިދާ ވާން ޖެހޭނެ ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް