ads
މަޖިލީހުގެ ރައީސާއި ޗައިނާގެ ސަފީރު، ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާފައިވޭ -- ފޮޓޯ: މަޖިލިސް
ޗައިނާ ސަފީރު, މަޖިލީހުގެ ރައީސް އަސްލަމް އަރިހަށް
ޗައިނާއިން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ރައްޔިތުންގެ މަޖިލީގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާފައިވެ އެވެ.

އެގޮތުން، ދެ ގައުމުގެ ދެމެދު ގައި އޮންނަ ގާތް ރަހްމަތްތެރި ގުޅުން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހާއި ޗައިނާގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަރުގަދަވިތަން ފެނުނެވެ. އެގޮތުން ހުޅުލެ ބްރިޖް ފަދަ ބޮޑެތި މަޝްރޫއޫތައް ޗައިނާ ކުންފުނިތަކުން ރާއްޖޭގައި ފައްޓައި ނިންމި އެވެ.

އޭރު، ސަރަހައްދީ ގޮތުން ޗައިނާ ވާދަވެރިކަމެއް އޮންނަ އިންޑިއާގެ ގުޅުން ދިވެހި ސަރުކާރާ ދެމެދު ގޯސްވި އެވެ. ނަމަވެސް ނިމުނު ރައީސް ސޯލިހު ސަރުކާރު އައި ފަހުން އިންޑިއާގެ ވަރަށް ގާތް ގުޅުންތަކެއް ބޭއްވި އެވެ. އަދި ކުރިން ޗައިނާއާ އެކު އޮތް ވަރުގަދަ ގުޅުން ފަޑުވި އެވެ. ސޯލިހު ސަރުކާރުގައި އިންޑިއާއިން ބޮޑެތި ލޯންތައް ނަގައި، އެ ގައުމުގެ ކުންފުނިތަކާ މަޝްރޫއުތައް ހިންގަން ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް މި މަހު ނޮވެންބަރުމަހު ހުވައިކުރި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ޗައިނާ-ރާއްޖެ ގުޅުން އަލުން އިއާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. ބޭރުގެ ބައެއް މީޑިއާތަކުން ސިފަކުރާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ގެންގުޅުއްވާނީ "ޕްރޯ-ޗައިނާ" ސިޔާސަތެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވާފައިވާއިރު، އެކަމަނާ ވަނީ ދާދި ފަހުން ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރުއާވެސް ބައްދަލުކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް