ads
އަހުމަދު ޝިޔާމް / ފޮޓޯ: ޕީޕީއެމް
ނިމިދިޔަ ހަފްތާ އެކަނިވެސް މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފި
މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ނުދެވިހުރި ފައިސާގެ ތެރެއިން މިދިޔަ ހަފްތާތެރޭގައި އެކަނިވެސް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

ޝިޔާމް ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވި އިރު މަސްވެރިންނަށް ފައިސާ ދޫނުކުރާތާ ދެމަސް ވެފައިވާކަމަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދީ ނިންމުމަށް ކަމަށެެވެ.

"ސަރުކާރާ ހަވާލުވި އިރު 200 މިލިއަން ރުފިޔާ ހުރި މަސްވެރިންނަށް ދައްކަން. ދެން މިފްކޯ މަސައްކަތްތައް. މިފްކޯގެ މި ސަޕްލަޔަރުންނާއި ގުޅިގެން އަދި ސަރުކާރާއެކީގައި ކުރެވޭ މަސައްކަތްތަކުގައި ލިބޭ ހައްލުތަކެއް މިއަންނަނީ މަސްވެރިންނަށް. އެގޮތުން 30 މިލިއަން ރުފިޔާއެއް ޔަގީނުންވެސް މިދިޔަ ހަފްތާތެރޭގައި ވަނީ ދެއްކިފައި. މިހާރު އޮތް ބެކްލޮގަށް ހަމަ ވަރަށް ބޮޑު ލުޔެއް އެދެވެނީ." ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔަސީ އިންތިހާބާ ދިމާކޮށް މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވިހުރި މައިގަނޑު ސަބަބަކީ މަހުގެ އަގު ކުރީގެ ސަރުކާރުން ބޮޑުކުރުން ކަމަށެވެ.

އެ އަގުގައި މަސް ގަންނަމުން ދިޔުމުން މަސްވެރިކަމުގެ ސިނާޔަތުގައި ހަރާކާތްތެރިވަމުން އަންނަ އަމިއްލަ ކުންފުނިތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ޝިޔާމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް