ads
ކްރިމިނަލް ކޯޓުގެ މައި ދޮރާށި
މަންމަ މަރާލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި
މަންމައަށް މަރުގެ އިންޒާރުދިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މަންމައަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ކްރިމިނަލް ކޯޓުގެ އަމުރާއެކު ހައްޔަރުކޮށްފައިވަނީ މ. ސަންމާމުގެ، އަހުމަދު ސިޔާދުއެވެ. އެއީ އުމުރުން 41 އަހަރުގެ މީހެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ބަންދު އަމުރުގައި ބުނާގޮތުން އޭނާ ވަނީ އޭނާގެ މަންމައަށް އަދި އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއަށް މަރުގެ އިންޒާރު ދީފައެވެ. އަދި ބަންދުން އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެއެވެ. އެ މައްސަލައިގެ ހެކީގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ހެކިންގެ ބަޔާން އަދި ކުށުގެ މާހައުލަށް ދިޔަ ފުލުހުންގެ ހެކިބަސް ނަގާފައިވާ ކަމަށް އަމުރުގައިވެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މީގެ ކުރިން ވެސް އެކި ކުށްތަކުގައި ބަންދުކުރި މީހެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް