ads
ޕީއެންއެފް އޮފީހުގައި ރައީސް ޔާމީން، ވަކީލު ޑރ. ޖަމީލް އާއެކު(ފޮޓޯ/މަލީހު)
މަނާކޮށްފައި އޮއްވާ އާ ޕާޓީގެ ސިޔާސީ ކަމެއްގައި ޔާމީން ބައިވެރިވެޑައިގެންފި
ސިޔާސީ ހަރާކާތްތަކުގައި ބައިވެރި ނުވުމަށް އިންޒާރުކޮށްފައިވަނިކޮށް، ގޭބަންދެއްގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އަނެއްކާވެސް އެ މަނިކުފާނު އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް (ޕީއެންއެފް)ގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންފި އެވެ.
Advertisement

އިލެކްޝަން ކޮމިޝަން (އީސީ) އަށް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅަން ތައްޔާރުވެފައި އޮތް ޕީއެންއެފް އިން މިރޭ ވަނީ މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށާފަ އެވެ. 

ޕީޕީއެމްގެ އޮފީސް ހިންގަމުންދިޔަ ހ. ހުރަފާ ގޭގެ ތިންވަނަ ފަންގިފިލާ ހުސްކޮށް، ޕީއެންއެފްގެ އޮފީސް އެތަނުގައި ގާއިމުކޮށްފައިވާއިރު، މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޔާމީން އެ އޮފީހަށް މިރޭ ވަޑައިގެން ހުންނަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުން ނެވެ. 

ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލު މިރޭ ހިއްސާކުރެއްވި ޕޯސްޓެއްގައި ވެސް އެ އޮފީހުގައި ޔާމީން އިންނެވިތަން ފެނެ އެވެ. 

ޕީއެންއެފް އޮފީހުގައި މިވަގުތު ޔާމީން އިންނެވި ކަމަށް ބުނެ މަލީހު ކޮށްފައިވާ އެ ޕޯސްޓުން ފެންނަ ގޮތުން ޔާމީން އާއެކު އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދު ވެސް އިންނެވި އެވެ.

ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގޭބަންދަށް ދޫކޮށްލެއްވީ ސަރުކާރު ބަދަލުވުމާއެކު މިދިޔަ މަހުގެ 1ވަނަ ދުވަހު އެވެ. ގޭބަންދަން ދޫކޮށްލާފައި ހުންނަވަނިކޮށް ޕީޕީއެމްގެ އޮފީހަށް ވަޑައިގެން އެ ޕާޓީގެ ސިޔާސީ ހަރާކްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންދާތީ މި މަސްތެރޭ ކަރެކްޝަންސް އިން ވަނީ އެކަން ތަކުރާރު ކުރާނަމަ، ގޭބަންދަށް ދިން ލުއި އުވާލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.  

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް