ads
މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް ނަޝީދުގެ މައްސަލަ އެއް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ނަޝީދުގެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ މެންބަރުންނެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ މަޖިލީހަށް ބަލައިގަތް ނަމަވެސް އެ ތުހުމަތު ކުރާނެ ގޮތަކާ މެދު މަޖިލީހުގެ މެމްބަރުންގެ ހިޔާލު ހިއްސާކޮށްފައި ނުވާ ކަމަށެވެ. 

އަދި ވިދާޅުވީ ދެ މެންބަރަކު ހިޔާލެއް ހުށަހެޅި ނަމަވެސް އެއީ ނަޝީދު ރިޔާސަތުގައި އިންނެވިއިރު އެ ކަމަށް ހައްލެއް ހޯދަން ހުށަހެޅި ހުށަހެޅުންތަކެއް ކަމުން މިހާރުގެ ހާލަތާ އެ ހުށަހެޅުންތައް ނުގުޅޭތީ، އިމްތިޔާޒުގެ މައްސަލަ ކޮމިޓީއަށް ފޮނުވާ ކަމަށެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ މި އަހަރުގެ ޖޫން 19 ގައެވެ. އެއީ، އެމްޑީޕީން އެންމެ ފުރަތަމަ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ދުވަސްވަރެވެ.

ނަޝީދު މައްސަލަ ކޮމިޓީއަށް ފޮނުވުމުން ޑިމޮކްރެޓްސްގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ އެ މައްސަލަ ކޮމިޓީއަށް ނުފޮނުވޭނެ ކަމަށް ވިދާޅުވެ، ނިޒާމީ ނުކުތާއެއް ނަންގަވައިފައެވެ. އިލްޔާސް ވިދާޅުވީ، އިމްތިޔާޒުގެ މައްސަލަ މަޖިލީހަށް އަދި ހުށަހެޅިފައިނުވާ ކަމަށާއި އެހެންވެ، އެ މައްސަލަ ކޮމިޓީއަށް ނުފޮނެވޭނެ ކަމަށެވެ.

އެކަމަކު، އަސްލަމް ވިދާޅުވީ އެ މައްސަލަ މީގެ ކުރިން މަޖިލީހަށް ހުށަހެޅި ބަހުސް ވެސް ކުރެވިފައިވާ ކަމަށެވެ.

"އޭރު ބަހުސް ކުރިއަށް ގެންދެވިފައިވާ މައްސަލައެއް. އޭރު މުޅިން ބަހުސް ނުނިމޭތީ މިއަދު އެޖެންޑާ ކުރެވިގެން މި ދިޔައީ،" އަސްލަމް ވިދާޅުވިއެވެ.

your image

ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެން ކަމަށް ބުނެ މައްސަލަ ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް  --- ފައިލް ފޮޓޯ/ މަޖިލިސް

ނަޝީދުގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާބެހޭ ކޮމިޓީއަށް މިއަދު ފޮނުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ އިމްތިޔާޒުގެ މައްސަލައެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އަފީފްގެ އިމްތިޔާޒުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނަވާ އެ ގަރާރު މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރު އަފީފް ބޭރުކޮށްލީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުން އަމީންއާންމު ފާތިމަތު ލިއުޝާ ލަފާ ދެއްވާފައި ވަނިކޮށެވެ. 

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިއިރު، ނައިބު ރައިސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.


75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް