ads
އަލިފުށި ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ބިގޭކަން އިއުލާންކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ކަން މިއަދު މަޖިލީހުގައި އިއުލާންކޮށްފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ބިގޭ އިންތިހާބުކުރީ އެ ޕާޓީގެ މަޖިލިސް މެންބަރުގެ މެދުގައި މިމަހުގެ 22 ވަނަ ދުވަހު ނެގި ވޯޓުންނެވެ. 

އެ ޕާޓީއަށް ޕީޖީ ލީޑަރަކު އިންތިހާބު ކުރަން ޖެހުނީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންތިހާބުކުރުމާ ގުޅިގެން ލީޑަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

އަދި މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގައި އެންމެ ގިނަ ގޮނޑި ތަމްސީލްކުރާ ޕާޓީގެ ޕީޖީ ލީޑަރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ގޮތުގައި ހަމަޖެހިގެންދާތީ، ބިގޭ އަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމަށް އަސްލަމް ވަނީ އިއުލާން ކުރައްވާފަ އެވެ.

22 ނޮވެމްބަރު 2023 ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު ހޮވުމުގެ އިންތިހާބު ބިގޭ ކާމިޔާބު ކުރެއްވީ 28 ވޯޓުންނެވެ. އެ އިންތިހާބުގައި ބިގޭ އާއި އެންމެ ކައިރިން ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވަނީ 20 ވޯޓު ހޯއްދަވާފައޮވާއިރު، ދެން މި އިންތިހާބުގައި ވާދަކުރެއްވި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ގަނީ އަބްދުލް ހަކީމް އަށް ލިބިވަޑައިގަތީ 2 ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް