ads
ނާޒިމާ
ކުރީގެ އެއްވަނަ އަންހެން އެތްލީޓު ނާޒިމާއަށް ނައިބުކަން
ކުރީގެ އެއްވަނަ އަންހެން އެތްލީޓު، އަދި މިހާރުގެ މަޝްހޫރު ކޯޗު އައިޝަތު ނާޒިމާ، ކުޅިވަރު މިނިސްޓްރީގެ ނާއިބު ކަމަށް އައްޔަންކޮށްފިއެވެ.

ކުރީގެ އެއްވަނަ އަންހެން އެތްލީޓު ނާޒިމާ އަކީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ނާޒިމާ އަކީ ވޮލީ ބޯޅައިގެ އިތުރުން، ބާސްކެޓު ބޯޅަ އަދި ނެޓު ބޯޅައިގައި ވެސް ފާހަގަކޮށްލެވުނު ކުޅުންތެރިޔެކެވެ.

ނާޒިމާ ވަނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ވާދަކޮށްފަ އެވެ. އަދި ނާޒިމާ ވަނީ "ހަވީރު ސްޕޯޓްސް އެވޯޑު"ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. 

ކުޅިވަރުގައި ފާހަގަކޮށްލެވުނު ނާޒިމާ އަށް ވަނީ 2008 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމު ވެސް ލިބިފަ އެވެ. މީގެ އިތުރުން ނާޒިމާ ވަނީ، ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ކުޅުމުގެ ރޮނގުން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2013 ވަނަ އަހަރު ހާސިލްކޮށްފަ އެވެ.

ކުޅުން ހުއްޓާލުމަށްފަހު، ކުޅިވަރު ހިންގުމުގެ ދާއިރާގައި ވެސް ނާޒިމާ ވަނީ މަސައްކަތް ކޮށްފަ އެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސްކަމާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑު މެންބަރުކަން ނާޒިމާކޮށްފައިވެއެވެ.

84%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް