ads
ދިރާގުގެ ހެޑް އޮފީސް
ދިރާގުޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް
ދިރާގުޕޭ ގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ މިދަނޑިވަޅުގައި ގިނަ ވިޔަފާރިތަކުން ދިރާގުޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރަންފަށާފައިވާ ކަމަށެވެ. އެހެންކަމުން، ގިނަ ވިޔަފާރިތަކަކަށް ދިރާގުޕޭ ގާއިމުކުރުމުގެ މަގުފަހި ކޮށްދިނުމުގެ ގޮތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔުއް ދިނުމަށް މާޗެންޓް ޓްރާންސެކްޝަން ފީ ތިން މަސްދުވަހަށް ނުނެގުމަށް ނިންމާފައިވާކަމަށް ދިރާގުން ބުނެއެވެ.

މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގުޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް ތިން މަސް ދުވަހަށް ފީ ނުނަގާނެކަމަށް ދިރާގުންބުނެއެވެ.

ދިރާގުޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ.

މިދުވަސްކޮޅު ދިރާގުޕޭ ގެ ހިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޖެހިފައިވާކަމަށް ދިރާގުން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ހިދުމަތެއްކަން ދިރާގުން ފާހަގަކުރެއެވެ.

your image

ދިރާގުޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑެލިވަރީގެ ހިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިން، ސެލޫން އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ.

ދިރާގުގެ ހުރިހާ ހިދުމަތަކަށް ފައިސާ ދެއްކުމަށް ދިރާގުގެ އެކައުންޓް އަދި މޮބައިލް އެޕް ފަދަ ޑިޖިޓަލް ޗެނަލްސް ބޭނުންކުރަމަށް އެކުންފުނިން ބާރު އަޅަމުންދާއިރު، ދިރާގުޕޭ މެދުވެރިކޮށް މި ޗެނަލްތަކުން ދިރާގުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގުޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާ މެދުވެރިކޮށް ދިރާގުޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް