ads
ޕީއެސްޖީ - ނިއުކާސްލް މެޗުގެ ތެރެއިން
މައްސަލަ ބޮޑުވި ޕެނަލްޓީން ނިއުކާސަލްއާ ޕީއެސްޖީ އެއްވަރު
މައްސަލަ ބޮޑުވި ޕެނަލްޓީއާއެކު ނިއުކާސަލްއާ ޕީއެސްޖީ އެއްވަރުވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސްލްއާ، ޕީއެސްޖީ ކުޅުނު މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމް އެއްވަރުވުމުން މިގްރޫޕުން ދެވަނަ ބުރަށް ދާނެ ޓީމެއް އެނގޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ފަހުއެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ދާނެ ދެ ޓީމުގެ ތެރެއިން އެއް ޓީމަކީ، ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑެވެ. ބާކީ އިން ޖާގައަށް މަސައްކަތް ކުރާނީ ޕީއެސްޖީއާ ނިއުކާސްލް އެވެ.  

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮތީ ނިއުކާސްލްއެވެ. އެކަމަކު އިތުރު ވަގުތުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކާއެކު ޕީއެސްޖީން ލަނޑު ޖަހައި ޕޮއިންޓެއް ހޯދީއެވެ. މިއީ އޭރިޔާ ތެރެއިން ނިއުކާސަލް ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީންނެވެ. ވީއޭއާރުން ބަލާ ޔަގީންކުރުމަށްފަހު ދިން ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން އެމްބާޕޭ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް