ރައީސް ޔާމީން އުފައްދަވާ ޕާޓީގެ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ދީފަ އެވެ. ޕީއެންއެފް އުފައްދަން ހުއްދަ ދިނުމުން ޑރ. ޖަމީލު ނޫސްވެރިންނާ ބައްދަލުކުރައްވާ މިއަދު މެންދުރުފަހު ވިދާޅުވީ އެ ޕާޓީ ވެގެން ދާނީ މި ސަރުކާރުވެސް ދިފާއު ކުރާނެ ޕާޓީއަކަށް ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ ޕީއެންއެފްއަކީ އެމްޑީޕީގެ ފިކުރުން ނޫން ކަމަށާއި އެ ޕާޓީއަކީ ޕީޕީއެމްގެ ފިކުރު ކަމަށާއި އެހެންކަމުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެ ފިކުރުގައި ކުރާ ހުރިހާ ކަމެއްގައި ފުރިހަމައަށް އެއްބާރުލުން ދޭނެ ޕާޓީއަކަށް ކަމަށެވެ.
އާ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން މިއަދު ދިނުމާ އެކު، ރައީސް ޔާމީން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވެފައި ވަނީ އަމާޒަކީ 24 ގަޑިއިރުގެ ތެރޭގައި 3،000 މީހުންގެ ސޮއި ހޯދުން ކަމަށެވެ.