ads
މަންދު ކޮލެޖް: އެ ކޮލެޖުން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުންވެސް ނިންމާފައި ވަނީ ދައުލަަތާ ދެކޮޅަށް
މަންދުން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުންވެސް ދައުލަަތާ ދެކޮޅަށް
ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިން ކިޔަވައި ނުދެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހެދި ގައިޑްލައިނަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.
Advertisement

މިއީ ދައުލަތާ ދެކޮޅަށް މަންދު ކޮލެޖުން ދައުވާ ކުރި މައްސަލައަކާ ގުޅޭ އަމުރެކެވެ. ހައިކޯޓުން ނެރުނު މި އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވެސް މިއަދު ނިންމީ ދައުލަތާ ދެކޮޅަށެވެ.

އެމްކިއުއޭއިން މިދިޔަ އަހަރު ހެދި ގަވާއިދެއްގެ ދަށުން ކަނޑައެޅި ގައިޑްލައިނެއްގައި ބައެއް ދާއިރާތަކުގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވޭނެ ކަމަށް ކަނޑައެޅި އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ވަގުތީ އަމުރު ނުނެރެފިނަމަ ޓީޗިން ދާއިރާއިން އޮންލައިންކޮށް ކިޔަވަން އެދޭ ދަރިވަރުންނަށް ފުރުސަތު ގެއްލި، މަންދު ކޮލެޖަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެކަމަކީ ގިނަ އަދަދެއްގެ ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށްވާތީ ވަގުތީ އަމުރެއް ނެރުމަކީ އެ ދަރިވަރުންގެ މަސްލަހަތުގައި ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. ވަގުތީ އަމުރު ނުނެރެފިނަމަ މަންދު ކޮލެޖަށް ލިބޭނެ ގެއްލުން އަންދާޒާ ނުކުރެވޭއިރު، އެ އަމުރު ނެރުނަސް ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ހައި ކޯޓުން ގޮތެއް ނިމެންދެން އެ ވަގުތީ އަމުރު ދަމަހައްޓަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ހެދި ގައިޑްލައިންގެ ދަށުން ޓީޗިންގެ އިތުރުން ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯހާއި މަސައްކަތް ކުރުމަށް ހާއްސަ ލައިސެންސްއެއް ބޭނުންވާ ހެލްތު ސައިންސަސް ކޯހާއި ނާސިން ކޯހާއި ގުރުއާން އަދި އެކަމާ ގުޅޭ ދާއިރާތަކާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމާއި އިންޖީނިއަރިން އަދި އާކިޓެކްޗާ ކޯސްތައްވެސް އޮންލައިންކޮށް ކިޔަވައިދިނުން ވަނީ މަނާކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް