ads
އެޕަލް އެޕް ސްޓޯ ރާއްޖެ އާއި އިތުރު 19 ގައުމަކަށް
އެޕަލް އިން އެޕް ސްޓޯ ރާއްޖޭގެ އިތުރުން އިތުރު 19 ގައުމަކަށް ދޭން ނިންމައިފިއެވެ.

އެޕަލް އިން އެޕްސްޓޯގެ ހިދުމަތް ދޭން ނިންމި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން އަފްގާނިސްތާން، އިރާގް އަދި ލީބިޔާ ހިމެނެއެވެ.

މިއަހަރުގެ ތެރޭގައި އެޕް ސްޓޯގެ ހިދުމަތް ދޭން ނިންމާފައިވާ ގައުމުތަކަށް އެކުންފުނީގެ ސަޕޯޓް ސާވިސް ދޭނެކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމައެއް ނުކުރެއެވެ.

އެޕަލްއިން ވަނީ އެޕްތަކަށް އެކްސެސްވުމަށް، ޑިވެލޮޕަރުން އެކައުންޓްތަކަށް ލޮގިންވެ، އަލަށް ހަދާފައިވާ ޔޫސާ އެގްރީމެންޓަށް އެއްބަސްވާން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޑިވެލޮޕަރުން މައުލޫމާތު އަޕްޑޭޓްކުރުމަށް އެޕަލްއިން ވަނީ ބުނެފައެވެ.

އެޕަލް އެޕްސްޓޯގެ ހިދުމަތް ލިބެންފެށުމުން ފައިސާ ދައްކައިގެން އެޕަލްގެ ހިދުމަތްތައް ހޯދަން އުފުލަންޖެހޭ ބުރަ ނިމުމަކަށް އައިސް، ގިފްޓް ކާޑު ނުގަނެ އެޕްތައް ގަނެވޭނެ އެވެ. އަދި ކުރިން ނުލިބޭ އެތައް ހިދުމަތެއް ލިބިގެންދާނެއެވެ.

އެޕަލް އެޕް ސްޓޯ މިހާރުވެސް 155 ގައުމަކަށް ދީފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް