ads
ނައީމާ މޫސާ ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި - ފޮޓޯ:ސީއެންއެމް
ނައީމާގެ މަރާ ގުޅިގެން 3 މީހުންގެ މައްޗަށް ކުރާނީ 3 ދައުވާއެއް: ޕީޖީ
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ރޯދަމަހު ފެނުނު އެ ރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރާލުމުގައި ބައިވެރިވި ތިން މީހުންގެ މައްޗަށް ކުރާނީ ތިން ދައުވާއެއް ކަމަށް ޕީޖީ ވިދާޅުވެއްޖެ އެވެ.

ޕީޖީ މި ގޮތަށް ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މިދިޔަ އެޕްރީލް މަހު ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި، ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށްވަނީ ޕޮލިހުން ފޮނުވާފައެވެ. 

ހަތް މަސް ދުވަހަށް ދެމިގެން ދިޔަ ތަހުގީގަށްފަހު މައްސަލަ ޝަރީއަތަށް ފޮނުވުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އެ މައްސަލާގައި ހައްޔަރުކުރީ އެ ރަށު ތިން ޒުވާނުން ނެވެ. 

މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ތިން ޒުވާނުންނަކީ މަނަދޫއަށް ނިސްބަތްވާ ތިން މީހުންނެވެ. ފެހިވިލާގެ، އަހުޒަމް އަބްދުލްޝަކޫރު، ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު އަދި ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސްއެވެ. މީގެ ތެރެއިން ދެ މީހުންނަކީ 21 އަހަރުގެ ދެ މީހުންނެވެ. އަނެއް މީހާއަކީ 23 އަހަރުގެ މީހެކެވެ.  

ނައީމާ މަރާލަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ވަޅި އާއި ހަމަލާދިންއިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނުތަކެއް ތަހުގީގައި ފުލުހުން ވަނީ ހޯދާފަ އެވެ.

އުމުރުން 62 އަހަރުގެ ނައީމާ މަރާލާފައި އޮއްވާ ފެނުނީ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާއިން އެކަން ފުލުހުންނަށް އެންގުމުން އެގެއަށް ފުލުހުން ގޮސް ދޮރު ވައްޓާލައިގެން ވަދެ ބެލުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް