އެތްލެޓިކްސް އެސޯސިއޭޝަން ހިންގުން ވަގުތީ ގޮތުން އަޒީލްއާ ހަވާލުކުރީ، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައިވާ ގޮތަށް، އަންނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން، އެސޯސިއޭޝަންގެ އައު ހިންގާ ބޯޑެއް ހޮވުމުގެ ގޮތުން ބާއްވާ އިންތިޚާބާ ހަމަޔަށެވެ.
އެތްލެޓިކްސް އެސޯސިއޭޝަންގެ އަސާސީ ގަވައިދު ބުނާ ގޮތުން، އާ ރައީސަކު އިންތިހާބުވަންދެން ނާއިބު ރައީސްއާއެކު ކުރިއަށް ދެވޭނެއެވެ. އަޒީލްއަކީ މިދިޔަ ދެ އަހަރުވެސް އެ އެސޯސިއޭޝަންގެ ނާއިބު ރައީސްއެވެ.
އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ތޮލާލަށް، ރައީސުލް ޖުމްހޫރިއްޔާވަނީ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމް ދެއްވާފައެވެ.