ދުބާއީގައި މިހާރު ކުރިއަށްދާ މޫސުމާ ބެހޭ ކޮންފަރެންސް، ކޮޕް28 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުން ބާނާ މަހާއި، ކޮންމެ ވެލިފުކަކީ ވެސް އަގުހުރި އެއްޗެއްކަމަށެވެ. ދެން ވިދާޅުވީ، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިހާރު އިއާދަކުރަނި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރަކީ 4 އިންސައްތަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރުން ކަމަށެވެ.
އަދި މިލަނޑުދަނޑި ހާސިލްކުރުމަށްޓަކައި 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭ ކަމަށާއި މިކަމުގައި ދުނިޔޭގެ ގައުމުތަކުގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ކޮޕް-28 ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ރައީސް މުއިއްޒު އަރިހުގައި ރާއްޖޭގެ މުހިންމު ވަފުދެއް ދަތުރު ކުރައްވާއިރު އޭގެ ތެރޭގައި ތިމާވެއްޓާ ބެހޭ މާހިރުން ވެސް ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;