ads
ރައީސް އެމްޑީޕީގެ ބައެއް ކޮމިޓީތަކާއި ބައްދަލުކުރައްވާނީ
އެމްޑީޕީގެ ބައެއް ކޮމިޓީތަކާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި
އެމްޑީޕީގެ ވަގުތީ ރައީސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ޕާޓީގެ ބައެއް ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުންތަކުގެ ތަފުސީލެއް އެމްޑީޕީން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް ސޯލިހު މި ބައްދަލުކުރެއްވުންތައް ބާއްވާފައި މިވަނީ ކުރިއަށް ދެ އިންތިހާބު އޮއްވަ ޕީއާރް ރަނގަޅުކުރުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.

މިއީ ރައީސް ސޯލިހް އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމަށް ހަމަޖެއްސުނުފަހުން ޕާޓީގެ ކޮމިޓީތަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. 

ރައީސް ސޯލިހު އެ ޕާޓީގެ ވަގުތީ ރައީސް ކަމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ އއ. އުކުޅަކުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.  

މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައި ފަހުން އެމްޑީޕީގެ މާ ބޮޑު އަޑެއް ނުއިވެ އެވެ. ނަމަވެސް އިންތިހާބުން ބަލިވުމުން އެ ޕާޓީގެ ޗެއާރޕާސަން ފައްޔާޒު މިފަހުން ވަނީ އެ ޕާޓީން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް