އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ، އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އެގޮތުން އޭނާގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު، އޭނާ ގައިގެ އެހެން ތަންތަނުގައވެ ޒަހަމްތައް ހުރި ކަމަށެވެ.
އަދި މިހާރު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭއީއެޗްއިން ބުނެ އެވެ.
ފުލުހުން މިއަދު ބުނީ ރޭ ހިންގި މި މާރާމާރީގައި 30 އަހަރުގެ ދިވެހި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފައިވާ ކަމަށެވެ.
އެ މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގޮތުގައި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމުގަ އެވެ.