ads
ރައީސް ޔާމީން
މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ޔާމީންގެ ފޮޓޯ ބޭނުން ނުކުރަން އެދެފި
ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރަމުންދާ ކެނޑިޑޭޓުންގެ ޕޯސްޓަރުތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ބޭނުން ނުކުރުމަށް އެމަނިކުފާނު އުފައްދާ ޕާޓީގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެލްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެދިއްޖެ ޢެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައީސް ޔާމީންގެ ފޮޓޯއާއެކު ކެނޑިޑޭޓަކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ކެމްޕެއިން ޕޯސްޓަރެއް "އެކްސް"ގައި ހިއްސާ ކުރައްވަމުން މަލީހު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް އަދި މިހާތަނަށް ރައީސް ޔާމީން އެންޑޯސްމެންޓެެއް ދެއްވާފަނުވާނެކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ފޮޓޯ ކެމްޕެއިން ޕޯސްޓަރުތަކުގައި ބޭނުންކުރަން ޕީއެންއެފްގެ ފަރާތުން މަލީހުވަނީ އެދިފައެވެ.

"އެކިއެކި ބޭފުޅުން އެމަނިކުފާނުގެ ފޮޓޯފުޅު ކެންޕެއިންގައި މިވަގުތު ބޭނުންކުރުމަކީ މިޕާޓީއިން ރުހޭ ކަމެއް ނޫންކަމުގައި ދަންނަވަމެވެ". މަލީހު "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ޔާމީން އުފައްދަވާ ޕީއެންއެފުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި "ބޮޑުކޮށް ވާދަކުރާނެ" ކަމަށް މީގެކުރިން މަލީހު ވިދާޅުވެފަވެއެވެ. އެ އިންތިހާބުގައި އެ ޕާޓީން ވާދަކޮށް، ކާމިޔާބީ ހޯދާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ޕީއެންއެފް ވާނީ ރާއްޖޭގައި އުފެދޭ އެންމެ ބިޔަ، އެންމެ ބޮޑު ޕާޓީއަށް ކަމަށް ވިދާޅުވެފަ އެވެ. 

 ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އެ ހުކުމް ދަނީ ތަންފީޒުކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް