ads
ދިގުރަށު ކުނިގޮނޑު ސަރަހައްދު
ކުއްޖާ އެއްލާލި ކަމަށް ބެލެވޭ ބިދޭސީ އަންހެން މީހާ ހޯދަނީ
އދ. ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަންމަ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ އަންހެނަކު ހޯދައި ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ކުއްޖާ އެއްލާލީ ބިދޭސީ އަންހެނެއް ކަމުގައި ބެލެވުނު ނަމަވެސް ފުލުހުން ބުނީ އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހަކީ ސީދާ ކާކުކަން ފުލުހުންނަށް މިހާރު ވަނީ ދެނެގަނެވިފަ އެވެ. އަދި މިއަދު ހެނދުނު އެމީހާ މާލެއަށް ދަތުރުކޮށްފައިވާ ކަމަށާއި އެއާޕޯޓުން އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ އެނގިފަ އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްލާލާފައި އޮތީ ދިގުރަށުގައި ހުންނަ ގެސްޓްހައުސްއެއްގައި މަސައްކަތް ކުރާ ލަންކާ އަންހެނަކު ވިހެއި ކުއްޖެކެވެ. އަދި ފޫޅުވެސް ނުކަނޑާ އޮތް އެ ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި އޭރު އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.

މި މައްސަލަ އާ ގުޅިގެން ތަހުގީގަށް ފުލުހުންގެ ޓީމެއްވެސް އެ ރަށަށް ވަނީ ގޮސްފަ އެވެ.

މިކަމާ ގުޅިގެން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން "ސީއެންއެމް" އަށް ވިދާޅުވީ މިއަދު ހެނދުނު ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށު ކުނިގޮނޑުގައި މަސައްކަތުގައި އުޅުނު މުވައްޒަފަކަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ބިދޭސީއެއްގެ އަމަލެއް ކަމުގައި ވާހަކަތައް ފެތުރުނު ނަމަވެސް، އެކަން ކުރީ ސީދާ ކާކުކަން މިވަގުތު ޔަގީންކޮށް ބުނަން ދަތި ކަމުގަ އެވެ. އަދި އެކަން ތަހުގީގު ކުރުމަށް ފުލުހުން މިވަގުތުވެސް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމުގައި އޭނާ ވިދާޅުވި އެވެ.

"އެ ކަހަލަ ވާހަކަތަކެއް އަޅުގަނޑުމެންނަށްވެސް އަޑު އިވިފައި ވަނީ، އެހެންނަމަވެސް އެކަން ކުރީ ސީދާ ކާކުކަން އަދި ޔަގީނެއް ނޫން، މިހާރުވެސް ރަށުގައި ފުލުހުން ހަރަކާތްތެރި ވަމުން ދަނީ،" - ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާނު

ދިގުރަށު ކުނިގޮނޑުން އެ ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކައި ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށްވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް