ފުލުހުން ބުނެފައި ވަނީ މި މައްސަލަ އާ ގުޅިގެން 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ. ހައްޔަރުކޮށްފައި ވަނީ ލަންކާއަށް ނިސްބަތްވާ އަންހެނެއް ކަަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން މިއަދު މާލެ އައިސް، ސްރީ ލަންކާއަށް ދިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ އާ ގުޅިގެން ތަހުގީގަށް ފުލުހުންގެ ޓީމެއްވެސް އެ ރަށަށް ވަނީ ގޮސްފަ އެވެ.
މިކަމާ ގުޅިގެން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން "ސީއެންއެމް" އަށް ވިދާޅުވީ މިއަދު ހެނދުނު ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށު ކުނިގޮނޑުގައި މަސައްކަތުގައި އުޅުނު މުވައްޒަފަކަށް ކަމަށެވެ.