ads
ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު މޫސާ ސިރާޖު - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ޕީއެންސީގެ ޕީޖީ ލީޑަރަކަށް މޫސާ ސިރާޖު
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހަމަޖައްސަވައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޕީއެންސީގެ ޕީޖީ ލީޑަރަކީ މޫސާ ސިރާޖުކަމަށް އެ ޕާޓީން މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އިއުލާނު ކޮށްފައިވާ ކަމަށެވެ. 

މޫސާ ސިރާޖަކީ މީގެ ކުރިން އެމްޑީޕީގެ މެންބަރަކެވެ. އޭނާ އެމްޑީޕީން ވަކިވެވަޑައިގެންފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖީލިހުގައި 87 މެންބަރުން ތިއްބަވާއިރު، މިހާތަނަށް މަޖިލިހުގައި ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރުން ތިއްބަވަ އެވެ. މީގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުންނާއި ޕީޕީއެމް، ޖޭޕީ އަދި އެމްޑީއޭ މިއިން ކޮންމެ ޕާޓީއަކަށް ނިސްބަތްވާ ދެ މެންބަރުން ތިއްބަވަ އެވެ. އަދި ހަމަ އެހެންމެ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. 

ޕީއެންސީގެ ޕީޖީ ލީޑަރުކަމުގެ މަގާމުގައި މީގެކުރިން ހުންނެވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އެމަނިކުފާނު މަޖިލިހުން އިސްތިއުފާ ދެއްވާފައިވަނީ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް