ads
ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ:ރައީސް އޮފީސް
އޯގާތެރިވެ އަޅާލުމުގައި ނަމޫނާ މުޖުތަމައަކަށް ރާއްޖެ ހަދަން ރައީސް ގޮވާލައްވައިފި
އެކަކު އަނެކަކަށް އޯގާތެރިވެ އަޅާލުމުގައި ނަމޫނާ މުޖުތަމައަކަށް ދިވެހިރާއްޖޭގެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ބައިނަލްއަގްވާމީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކޮންމެ ދިވެހި ދަރިއެއް މިގައުމަށް މުހިންމު ކަމަށާއި އެކަކު އަނެކަކަށް އޯގާތެރިވެ އަޅާލުމުގައި ނަމޫނާ މުޖުތަމައަކަށް ރާއްޖެ ހަދަން ޖެހޭ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހަކީ، އެފަދަ ފަރާތްތަކުގެ ހައްގުތަކާއި މެދު ވަކާލާތު ކޮށް މުޖުތަމައުގައި އެ ފަރާތްތަކުގެ ހައްގު ތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން މިހާރު އަންނަނީ 3000 ރުފިޔާގެ އިނާޔަތެއް ދެމުންނެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ފަރާތް ތަކަށް އަންނަނީ ފައިސާގެ އިނާޔަތް ދެމުންނެވެ.

މިދިޔަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ 6.9 އިންސައްތަ މީހުންނަކީ، ކޮންމެ ވެސް ބާވަތެއްގެ ހާއްސަ އެހީތެރި ކަމަކަށް ބޭނުންވާ މީހުންނެވެ. އެއީ 13،456 އަންހެނުންނާއި 10،945 ފިރިހެނުން ހިމެނޭހެން ޖުމްލަ 24،401 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް