ads
ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ވިދާޅުވީ ގެދޮރަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންގެ ވެއިޓިން ލިސްޓެއް ހަދަން ނިންމާފައިވާ ކަމަށް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ގެދޮރަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންގެ ވެއިޓިން ލިސްޓެއް ހަދަނީ
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވަކިވަކިން ކޮންމެ ފަހަރަކު އިއުލާނުކޮށްގެން މީހުން ހޮވުމުގެ ބަދަލުގައި އެންމެ ބޮޑަށް ގެދޮރަށް ބޭނުން ޖެހިފައިވާ މީހުންގެ "ވެއިޓިން ލިސްޓް" އެއް ހަދަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުގައި ދޫކޮށްފައިވާ ފްލެޓުތަކުގެ މައްސަލައިގައި ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައި ވަނީ އަމާޒަކީ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ވެއިޓިން ލިސްޓެއް އެކުލަވާލުން ކަމަށެވެ.

ވެއިޓިން ލިސްޓު އެކުލަވާލުމަށްފަހު، ދިރިއުޅުމުގެ ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ބެލުމަށްފަހު އެ ލިސްޓަށް ބަދަލުތައް ގެންނަމުންދާނެ ކަމަށާއި ބޯހިޔާވަހިކަމަށް އިސްކަން ދިނުމުގައި ބަލާނީ އެ ލިސްޓަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އޭރުން ކޮންމެ ފަހަރަކު މަޝްރޫއަށް އިއުލާނުކޮށް، ޕޯޓަލެއް ހަދައި، ޕޮއިންޓު ދިނުމަށް ވުރެ މަސައްކަތް ފަސޭހަވާނެ ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާ ވަރަކުން ތަފްސީލުތައް އާންމުކުރައްވަމުން ގެންދަވާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިއަދުވެސް ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުގައި ދޫކޮށްފައިވާ ފްލެޓުތަކާ މެދު އަމަލުކުރާނީ އޭސީސީން ދޭ ލަފައެއްގެ މަތިން ކަމުގަ އެވެ. އެ ލިސްޓު ރީއިވެލުއޭޓް ކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ އެ ލަފައަށް ބެލުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް