ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ސޮއިކުރައްވާ މާލެ ސަރަހައްދުގައި ހުރި ސަރުކާރު ހޮސްޕިޓަލްތަކަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލްތައް ހިންގުމަށް އާ ބޯޑެއް އެކުލަވާލައްވާފައިވާ ކަމަށެވެ.
އަލަށް އުފައްދާފައިވާ ބޯޑު ގެ ނަން، "މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސް" އިން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު"ގެ ނަމަށް ވަނީ ބަދަލުކޮށްފައި އެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލެވެ.
ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ މީގެ ކުރިން ވެސް އެ މަގާމުގައި ހުންނެވި މަޝްހޫރު އެތެރެ ހަށީގެ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒް ޔޫސުފް އެވެ. ވައިސް ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ގދ. ތިނަދޫ، ކުންނާރުގެ، ހުސެއިން ހަލީމެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގައި އިތުރު ހަތް ބޭފުޅަކުވެސް ހިމެނެ އެވެ. އެއީ: