ads
ބީއެމްއެލް އިން ވަނީ އިތުރު 30 މީހަކަށް ވީލްޗެއާ ހަދިޔާ ކުރަން ނިންމާފައި - ފޮޓޯ:ބީއެމްްއެލް
ބީއެމްއެލްއިން އިތުރު 30 ވީލްޗެއާ ހަދިޔާ ކުރުމަށް ނިންމައިފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ހިނގާބިނގާވެ އުޅުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގަމުންދާ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިތުރު 30 ވީލްޗެއާ ހަދިޔާކުރުމަށް ނިންމައިފި އެވެ.
Advertisement

ބީއެމްއެލް އިން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ވީލްޗެއާ ހަދިޔާ ކުރަމުންނެވެ. މިހާތަނަށް 90 ރަށެއްގެ 230އަށް ވުރެ ގިނަ ވީލްޗެއާ ހަދިޔާކޮށްފައިވެ އެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

"ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު ދައުރެއް އަދާކޮށްދޭ އަދި އަޅުގަނޑުމެން ހިދުމަތް ކުރާ މި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަޅުގަނޑުމެން ކުރާ މުހިއްމު އިންވެސްޓްމަންޓެއް. ރާއްޖޭގެ އެކިކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ސްޓުމްކަ ވިދާޅުވި އެވެ.


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ބޭންކުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. މިގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ހިންގަމުންދާ ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތު ޑިސޭބިލިޓީ (އެމްއޭޕީޑީ) އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އަހަރީ ޕްރޮގްރާމްތައް ހިންގުމަށް ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

2022ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ %6.9 މީހުންނަކީ، ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ނުވަތަ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނެވެ. އަދަދުން ބަލާއިރު އެއީ 24401 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް