ރާއްޖޭ ގަޑިން މިރޭ ފަތިހު 5:30 ގުރުއަތު ނެގުން އޮންނާނީ އެމެރިކާގެ މިއާމީގަ އެވެ. ގުރުއަތު ނެގުމުގެ ހަފްލާގައި އެންމެ ފަހުން، 2021 ވަނަ އަހަރު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބު ކުރި ގޮތުގެ ޑޮކިއުމެންޓްރީއެއް ދައްކާނެއެވެ.
ދެކުނު އެމެރިކާގެ ފުޓުބޯޅަ ކޮންފެޑެރޭޝަން (ކޮންމެބޯލް) ކޮންމެބޯލް އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތުގައި ކޮންކާކަފް ސަރަހައްދުން ދައުވަތު ދޭ ހަ ޓީމެއް ވެސް ބައިވެރިވާނެ އެވެ.
އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ އެވެ. އެއީ ފައިނަލްގައި 1-0 އިން ވާދަވެރި ބްރެޒިލް ބަލި ކުރުމަށްފަހު އެވެ.