ads
ޔުނާން ސްޕޯޓްސް ބޭސްގައި ތަމްރީންތައް ހިނގާގޮތް ނައިބު ރައީސް ބައްލަވާލެއްވުން - ފޮޓޯ:ރައީސް އޮފީސް
ޔުނާން ސްޕޯޓްސް ބޭސްގައި ތަމްރީންތައް ހިނގާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ޔުނާން ސްޕޯޓްސް ވޯކިން ޓީމްގެ ޓްރެއިނިން ބޭސްއަށް ޒިޔާރަތްކުރައްވާ އެތަނުގައި ތަމްރީނުތައް ހިނގަމުން އަންނަ ގޮތް ބައްލަވާލައްވައިފި އެވެ.

ނައިބު ރައީސް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިއަދުގެ ޒިޔާރަތުގައި ނައިބު ރައީސް ވަނީ ޖޫޑޯ، ޖިމްނާސްޓިކްސް، ފެތުން އަދި އެހެން ކުޅިވަރުތަކުގެ ތަމްރީނުތައް ކުރިއަށްގެންދާ ތަނަށް ޒިޔާރަތްކުރައްވައި، ތަމްރީނުތައް ކުރިއަށްދާ ގޮތާއި އެ މަރުކަޒު ބައްލަވާލައްވާފަ އެވެ. އަދި އެ މަރުޒަކުގެ އިސްވެރިން ވަނީ ރާއްޖޭގެ އެތުލީޓުންވެސް އެތަނުގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އެދޭކަން ފާހަގަކުރައްވާފަ އެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ނައިބު ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މިއަދާއި މާދަމާ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ނައިބު ރައީސްގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް